ރާއްޖޭގެ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އިބްރާހީމް ޝިއުރީ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރައްވައިފި އެވެ.
ޓީޓީ އެސޯސިއޭޝަންގެ ނައިބް ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ޝިއުރީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މިއަދު އެވެ.
ޝިއުރީ އަކީ ވޯލްޑްގެ ބޭންކްގެ ބައެއް ޕްރޮޖެކްޓްތަކާއި ރާއްޖޭގެ ބައެއް ޑޮމެސްޓިކް އެއާޕޯޓްތަކުގެ ޕްރޮޖެކްޓްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޝިއުރީ މީގެކުރިން ވަނީ ހައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފަ އެވެ.
ގައުމީ އިނާމުވެސް ހާސިލް ކުރައްވާފައިވާ އުމުރުން 40 އަހަރުގެ ޝިއުރީ އަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއޭއެންސީއައި)ގެ އެގްޒެކެޓިވް ބޯޑުގައިވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ޝިއުރީގެ ކުރިން ހުންނެވީ ފާތިމަތު ތައުފީގު (ކުދީ) އެވެ.