މިއުޒިކް

ޑިޓިއުންސް ބޭންޑަށް ލާރި ނުދޭން ވެގެން ރިސޯޓަކުން ހައިކޯޓަށް

ރާއްޖޭގެ މަޝްހޫރު ޑިޓިއުންސް ބޭންޑްގެ މެންބަރުން
0%
0%
0%

ޑިޓިއުން ބޭންޑަށް 29،000 ޑޮލަރު ދައްކަން ރެސިޑެންސީ ރިސޯޓްސް މާލެ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ހުކުމް، އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ރިސޯޓް ހިންގާ ކުންފުނިން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިދިޔަ ހަފްތާ ގައެވެ. މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މިއީ 2022ގައި ޑިޓިއުން ބޭންޑާއި ރެސިޑެންސީ ރިސޯޓްސް މާލެ ޕްރައިވެޓް ލިމިޓެޑް ދަށުން ހިންގާ ދަ ސެއިންޓް ރޭޖިސް މޯލްޑިވްސް ވޮށްމުލި ރިސޯޓާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭ މައްސަލަ އެކެވެ.

ރިސޯޓުން އިސްވެ އެއްބަސްވުން ބާތިލްކުރަން ނިންމުމުން ޑިޓިއުން އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ބަލައި، ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ 29،000 ޑޮލަރު (ނުވަތަ 447،180 ރުފިޔާ ސެއިންޓް ރޭޖިސް އިން ޑިޓިއުން ބޭންޑަށް ދައްކަން ޖެހޭ ކަމަށެވެ.

ކޯޓުން ހުކުމްކޮށްފައިވާ 29000 ޑޮލަރަކީ ސީދާ ގެއްލުމުގެ ބަދަލުގައި 25،000 ޑޮލަރު އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 4،000 ޑޮލަރެވެ.

މި މައްސަލައިގައި ސެއިންޓް ރޭޖިސް އިން ވެސް ވަނީ ޝަރީއަތުގެ ހަރަދަށް ހިނގި 3،240 ޑޮލަރު ނަގައިދޭން އެދިފަ އެވެ. ނަމަވެސް ޝަރީއަތުން ބުނެފައިވަނީ މި މައްސަލަ ދިމާވާން މެދުވެރިވީ އެ ރިސޯޓުގެ ސަބަބުން ކަމަށެވެ. އަދި ޑިޓިއުން ބޭންޑުގެ ފެންވަރާއި ނިސްބަތަށް ބަލާނަމަ، ދައުވާ ގުޅިފައިވަނީ އެ ބޭންޑުން ދިރިއުޅުމަށް އާމްދަނީ ހޯދަން ކުރާ މަސައްކަތާ ކަމަށް ވުމުން މި ދައުވާގެ މުހިއްމުކަން އެރިސޯޓަށް ވުރެ ބޮޑަށް އެ ބޭންޑަށް ބޮޑުކަން އެނގެން އޮތުމުން އެކަމަށް ހަރަދުވި 4،000 ޑޮލަރު ރިސޯޓުން ދައްކަން ޖެހޭނެ ކަމަށްވެސް ހުކުމްގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910