އެމްއެންޑީއެފް

އެމްއެންޑީއެފްގެ ޑިފެންސް ސްޓާފް ޓޯކް ފަށައިފި

އެމްއެންޑީއެފްއާއި އިންޑިއާގެ އަސްކަރިއްޔާއާއި ދެމެދުގައި ބާއްވާ ފުރަތަމަ ޑިފެންސް ސްޓާފް ޓޯކްސް ފަށައިފި އެވެ.

މިއަދު ފެށި މި ބައްދަލުވުމުގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން އިސްކޮށް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވިއިރު އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ޖަތިންދަރު ސިންގެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖެއާ އިންޑިޔާ ދެމެދު އަލަށް ފެށި ސްޓާފް ޓޯކްސްގައި ޑިފެންސް ކޯޕްރޭޝަންގެ ތެރޭގައި ހުރި ކަންކަމާއި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އިންޑިއާ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މި ޓޯކްސް އަންނަ އަނގާރަ ދުވަހާއި ހަމަޔަށް ކުރިޔަށްދާނެ އެވެ.