ޔޫރޯ 2024

ޑެންމާކާއި ސްލޮވީނިއާގެ މެޗު ނިމުނީ އެއްވަރުވެގެން

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ މުބާރާތުގައި މިރޭ ގުރޫޕް ސީ ގައި ޑެންމާކު އަދި ސްލޮވޭނިއާ ބައްދަލުކުރި މެޗަކީ މި ދެ ޓީމަށްވެސް މުހިއްމު މެޗެކެވެ. ގުރޫޕް ސްޓޭޖު ފަހަނަ އަޅާ ކުރިއަށް ދިއުމަށް މި ދެ ޓީމަށްވެސް މި މެޗުން މޮޅުވުން މުހިއްމެވެ. މި ގުރޫޕުގައި މި ދެ ޓީމުގެ އިތުރުން ހިމެނެނީ އިންގްލެންޑާއި ސާބިއާ އެވެ.

އެހެންނަމަވެސް މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ދެޓީމު 1-1 އަކުން އެއްވަރުވެގެންނެވެ. ފޯރިގަދަ މި މެޗުގައި ދެޓީމުންވެސް ވަނީ ވަރަށް ރޭވުންތެރިކަމާއެކު ކުޅުމަށް މަސައްކަތް ކޮށްފަ އެވެ.

މެޗު ފެށިގެން 17 ވަނަ މިނެޓުގެ ތެރޭގައި ޑެންމާކް ޓީމުގެ ކެޕްޓަން ކްރިސްޓަން އެރިކްސަން ޖެހި ގޯލަކުން ޑެންމާކް ޓީމުން ވަނީ ލީޑު ނަގާފަ އެވެ. މި ނަތީޖާއާ އެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ އެވެ.

ސްލޮވީނިއާ އިން ދެވަނަ ހާފްގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ ގަންޒްއާ އެވެ. އޭނާގެ ހިތްގައިމު ގޯލް ފެނިގެން ދިޔައީ މެޗުގެ 77 ވަނަ މިނެޓްގައެވެ.

ދެވަނަ ހާފުގައި ފުލުފުލުގައި ޑެންމާކުން ސްލޮވީނިއާ ގޯލަށް ހަމަލާތައް އަމާޒުކުރަމުން ދިޔަ އެވެ. އެހެންނަމަވެސް ސްލޮވީނިއާ ޓީމުގެ ގޯލްކީޕަރު އޮބްލަކް ދިޔައީ މޮޅެތި ސޭވްތައް ކުރަމުންނެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައިވެސް ޑެންމާކުން ސްލޮވީނިއާ ކޮޅަށް ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރި އެވެ. އެހެންނަމަވެސް ސްލޮވީނިއާ ޑިފެންސުން ވަނީ ޑެންމާކުގެ ހުރިހާ ހަމަލާއެއް ފެއިލްކޮށްލާފަ އެވެ.