މޯލްޑިވްސް ޕޮލިސް ސާވިސް

"ސޮރީ ބޯއީޒް" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކޮށްފި

މާފަންނުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެތަނުން ވައްކަން ކުރަން މަސައްކަތް ކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނު އަވަށުގައި މަޖީދީ މަގަށްވާ ގޮތަށް ހުންނަ "ސޮރީ ބޯއީޒް" ނަމަކަށް ކިޔާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމު 3:45 ހާއިރު ކަމަށެވެ.

ސޮރީ ބޯއިޒް ފިހާރަ އަކީ ހަމައެކަނި އަންހެނުންނަށް ހާއްސަ ތަކެތި ވިއްކާ ފިހާރަ އެކެވެ.

ފުލުހުން ބުނީ ފިހާރައިން ބައެއް ތަކެތި ގެއްލުނު ކަމަށާއި އެ ތަކެތި ހޯދާފައިވާ ކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ނުބުނެ އެވެ.