ވޯލްޑް ބޭންކް

ވޯލްޑް ބޭންކުން ރާއްޖެ ސަރަހައްދަށް އާ ޑިރެކްޓަރެއް

ވޯލްޑް ބޭންކުން ރާއްޖެ ސަރަަހައްދަށް ކަންޓްރީ ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފި އެވެ.

މި މަގާމަށް ހަމަޖައްސާފައިވަނީ އެމެރިކާ އާއި އިޓަލީގެ ރަށްވެހިކަން އޮންނަ ޑޭވިޑް ސިސްލެން އެވެ.

ކުރިން މި މަގާމުގައި ހުންނެވީ ފާރިސް ހަދާދު-ޒެރްވޯސް އެވެ.

ވޯލްޑް ބޭންކުން ރާއްޖެގެ އިތުރުން ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައެޅި ކަންޓްރީ ޑިރެކްޓަރު ޑޭވިޑް ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނީ ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައެވެ.

ޑޭވިޑް ވޯލްޑް ބޭންކާ ގުޅިވަޑައިގަތީ މީގެ 23 އަހަރު ކުރިން 2001 ވަނަ އަހަރު އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަހައްދު ގައެވެ.

ޑޭވިޑް ވިދާޅުވީ މަގާމުގެ ޒިންމާއާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެ، ނޭޕާލް އަދި ސްރީލަންކާގެ ސަރުކާރުތަކާ ގުޅިގެން ރަނގަޅު ކުރިއެރުންތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.