ބައްސާމް އަދީލް ޖަލީލް

ފީފާ އިން ބައްސާމް ސަސްޕެންޑްކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް. ފީފާ އިން މިރޭ ވަނީ އޭނާ ސަސްޕެންޑްކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

ފީފާ އިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑް ކޮށްފި އެވެ.

ފީފާގެ އެތިކްސް ކޮމިޓީ މިރޭގެ ވަގުތެއްގައި ބައްސާމް ސަސްޕެންޑް ކުރީ ނުވަ މަސް ދުވަހަށެވެ.

ބައްސާމް ސަސްޕެންޑް ކުރުމާ ގުޅިގެން އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް އޭނާއަށް ދެން މަސައްކަތެއް ނުކުރެވޭނެ އެވެ.

ފީފާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބައްސާމް ސަސްޕެންޑް ކުރުމާ ގުޅިގެން ފުޓްބޯޅައިގެ ގައުމީ އަދި ބައިނަލްއަގްވާމީ އެއްވެސް ހަރަކާތެއްގައި އޭނާއަށް ބައިވެރި ނުވެވޭނެ ކަމަށެވެ.

ފީފާ އިން ބުނީ ބައްސާމް ސަސްޕެންޑް ކުރީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އޭނާގެ މައްޗަށް ކުރަމުންދާ މަނީ ލޯންޑަރިން އާއި ހިޔާނާތާއި ކޮރަޕްޝަނާއި އެހެނިހެން ޖިނާއީ ކުށްތަކުގެ ތަހުގީގުގައި ހޯދާފައިވާ މައުލޫމާތަށް ވެސް ބެލުމަށްފަހު ކަމަށެވެ.

ފީފާ އިން ބައްސާމް ސަސްޕެންޑް ކޮށްފައި މިވަނީ އޭނާގެ ދައުރު އަންނަ މަހުގެ ކުރީކޮޅު ހަމަވާން ކައިރިވެފައި ވަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910