ޔޫރޯ 2024

މޮޅުވުން މަޖުބޫރު މެޗުގައި ޖޯޖިއާ އާއި ޗެކް ރިޕަބްލިކް އެއްވަރުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޖޯޖިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގައި ދެ ޓީމުވެސް މޮޅުވާން މަޖުބޫރުވެފައި އޮއްވާ 1-1 އިން މެޗު އެއްވަރުވެއްޖެ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޗެކް ރިޕަބްލިކްގެ ޓީމުންނެވެ.

މި މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ ޖޯޖިއާ އިންނެވެ. ޗެކްރިޕަބްލިކްގެ ޓީމުން ގޯލު ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފް ގައެވެ.

މި މުބާރާތުގެ ގުރޫޕް އެފްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އެއް މެޗު ކުޅެގެން ލިބުނު ތިން ޕޮއިންޓާއެކު ތުރުކީ މި ގުރޫޕުގެ އެއްވަނައިގައި މިވަގުތު އޮތްއިރު، އެއް މެޗު ކުޅެ ލިބުނު ތިން ޕޮއިންޓާ އެކު ޕޯޗުގަލް އޮތީ ދެވަނައިގައެވެ.

ތުރުކީ އަށް ގުރޫޕުގެ އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ. އަދި މި މެޗުގެ ނަތީޖާއާ އެކު ލިބުނު އެއް ޕޮއިންޓާ އެކު ޗެކްރިޕަބްލިކަށް ގުރޫޕުގެ ތިންވަނަ ލިބޭއިރު މި ނަތީޖާއާ އެކު ޖޯޖިއާ އޮތީ ޓޭބަލްގެ ހަތަރުވަނައިގައެވެ.

ގްރޫޕް އެފްގައި ހިމެނޭ ޕޯޗުގަލް އަދި ތުރުކީ ވާދަކުރާ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9:00 ޖަހާއިރު އެވެ.