ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދިޔަ އަށް އަހަރުގެ ކުޑަ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
ފުލުހުން މީގެއިރުކޮޅެއް މިކަން ޔަގީންކޮށްދިން ނަމަވެސް ކުއްޖާ ފެނުނު ވަކި ތަނެއް ފުލުހުން ނުބުނެ އެވެ.
އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި ކުއްޖާ ފެނުނީ ފިޔޯރީ ފަޅު ގެއެއްގެ ތެރޭގައި ހޭނެތިގެން ވެއްޓިފައި އޮއްވަ އެވެ.
މީނަލް މުހައްމަދު ނަމަކަށް ކިޔާ މިކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިރޭ 7:00 ހާއިރު އެވެ.
ކުއްޖާ ހޯދީ ފުލުހުންނާއި ފިޔޯރީ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުންނެވެ.