ރައީސް އަބްދުﷲ ޔާމީން

ހަރަދުތައް ހަމަޖައްސަނީ އެމްއެމްއޭއިން ފައިސާ ނަގައިގެން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސަނީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ނަގައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފި އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް -- ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ފައިސާ ޗާޕުނުކޮށް ދަރަނި ދެއްކުމަށް މި ސަރުކާރުން ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ކުރި ހޭދައާ ގުޅޭ ގޮތުން ރައީސް މުއިއްޒު އާދިއްތަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅާމެދު ސުވާލު އުފައްދަވާފަ އެވެ.

ޕީއެންސީގެ މާލޭގެ މައި ޖަގަހަ -- ޕީއެންސީ ހައުސް ހުޅުވުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ފައިސާ ޗާޕުނުކޮށް ބޭރާއި އެތެރޭގެ ދަރަނި ދައްކަން ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބުނީ 12 ބިލިއަން ރުފިޔާ ކަމަށާއި 13.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރަށް ހަރަދުކުރި 1.7 ބިލިއަން ރުފިޔާ ހޯދި ގޮތެއް ސާފުކޮށް ނުދެއްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ފައިސާ ނެގީ އެމްއެމްއޭ އިންނެވެ.

"އެމްއެމްއޭ އިން ބޮރޯކޮށްގެން މި އުޅެނީ. މިއީ ހަމަ ފައިސާ ޗާޕް ކުރުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ފައިސާ ޗާޕުކޮށްގެން ގެނައީ ނޫން ކަމަށާއި ޗާޕު ކޮށްގެން ގެނެސް އެމްއެމްއޭގައި ހުރި ފައިސާ ނެގީ ކަމަށާއި އެއީވެސް ފައިސާ ޗާޕުކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910