ޑރ. އަބްދުﷲ ޚަލީލް

ރަސްމީ ދަތުރުފުޅެއްގައި ތިން ވަޒީރުން ޗައިނާއަށް

ރަސްމީ ދަތުރުފުޅެއްގައި ތިން ވަޒީރަކު ޗައިނާއަށް ވަޑައިގެންފި އެވެ.

އެގޮތުން ޗައިނާއަށް ވަޑައިގެންނެވި ބޭފުޅުންނަކީ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ހެލްތް މިނިސްޓްރީން ބުނީ މިނިސްޓަރު ޗައިނާއަށް ވަޑައިގަތީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ 2024 ވަނަ އަހަރުގެ ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން ފޯރަމްގައި ބައިވެރިވަޑައިގަތުމަށް ކަމަށެވެ.

މި ފޯރަމަކީ ސަގާފީ ބޭސްވެރިކަމަށް ހާއްސަ ކުރެވިގެން ބާއްވާ ފޯރަމެކެވެ.

މި ފޯރަމުގެ ތީމަކީ "އިންހެރިޓެންސް، އިނޮވޭޝަން، އިންޓަގްރޭޝަން އަދި ޑިވެލޮޕްމެންޓް" އެވެ.

މިނިސްޓަރު ސައީދު ޗައިނާއަށް ވަޑައިގެންނެވީ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޝަހީމްގެ މި ދަތުރުފުޅަކީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ސިންޖިއަން ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.