އޮބިޗުއަރީ

ބަކާގެ ޖަނާޒާ ބާއްވައިފި

މުހައްމަދު އާރިފް (ބަކާ) ގެ ޖަނާޒާ ބާއްވައިފި އެވެ.

ބަކާގެ ޖަނާޒާ އޮތީ ފަތިސް ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި ކުރެވުނު ކަށު ނަމާދަށްފަހު ގަލޮޅު ސަހަރާގަ އެވެ.

ފަހުގެ ތާރީހެއްގައި ދިވެހި ފުޓުބޯޅައިން ފެނުނު އެންމެ ހުނަރުވެރި އަދި އެންމެ ވިދުންގަދަ އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވީ އިއްޔެ އެވެ.

އޭނާ ނިޔާވިއިރު އުމުރުން އެންމެ 38 އަހަރެވެ.

ރާއްޖެއާއި ސްރީލަންކާގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާއްޖެއިން 2008 ވަނަ އަހަރު ކާމިޔާބު ކުރި ޓީމުގައި ހިމެނި އަދި އޭގެ 10 އަހަރު ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައިވެސް ބަކާ ހިމެނުނެވެ.

އެނގިފައިވާ ގޮތުން ބަކާ ނިޔާވީ ރާއްޖެއިން އަލަށް ފެނިގެން އުޅޭ އިންވޭސިވް މެނިންގޯކޮކަލް ބަލީގައެވެ.