ނައީމާގެ މަރު

ނައީމާގެ މަރު: ބައެއް ހެކި ސިއްރުކުރަން އަމުރު ނެރެފި

ނައީމާ މަރާލާފައި އޮއްވަ ފެނުނު ގެ --
0%
0%
0%

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލާގައި ބައެއް ހެކި ސިއްރުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އުމުރުން 62 އަހަރުގެ ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ ނ. މަނަދޫ އަށް ނިސްބަތްވާ ތިން މީހުން ކަމަށްވާ ފެހިވިލާގެ، އަހްޒަމް އަބްދުލްޝަކޫރު އާއި، ވިނަރެސް، ހުސައިން ފަވާޒުގެ އިތުރުން ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ.

އެ ތިން މީހުންގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައެއް ހެކި ސިއްރުކުރަން ދައުލަތުން އެދުނެވެ. އޭގެ ތެރޭގައި ނައީމާ މަރާލާފައި އޮތް މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ހިމެނެ އެވެ.

މި މައްސަލައިގައި އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910