ނައީމާގެ މަރު

ނައީމާގެ މަރު: ފުލުހުން އިތުރު ސަރަހައްދެއް ބަލަނީ

ނައީމާ ދިރިއުޅޭގެ ހިމެނޭ ސަރަހައްދު ކޯޑަންކޮށްފަ. މައްސަލައިގެ ތަހުގީގަށް އިތުރު ސަރަހައްދެއް ފުލުހުން ދަނީ ބަލަމުން -- ފޮޓޯ: އަވަސް
0%
100%
0%

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ރަށުގެ އިތުރު ސަރަހައްދެއް ބަންދުކޮށް އެ ސަރަހައްދު ބަލައިފާސްކުރަން ފަށައިފި އެވެ.

ނައީމާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކަކާއެކު އޭނާ މަރާލާފައި އޮއްވާ ފެނުނީ ހުކުރު ދުވަހު އެވެ.

މަނަދޫއިން އަވަސްއަށް ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ރަށު ހޮސްޕިޓަލުގެ ހުޅަނގު ދެކުނަށް އޮންނަ ގޯޅިން ފެށިގެން ސަރަހައްދެއް ފުލުހުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.

"އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން، އެ ސަރަހައްދަށް މީހަކު ވަންނަ އުޅޭނަމަ ފުލުހުން ހުއްޓުވާ،" މަނަދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ތަހުގީގަށް ބޭނުންވާ ނެގުމަށްފަހު ނައީމާގެ ހަށިގަނޑު އިއްޔެ ހަވީރު މަނަދޫގައި ވަނީ ވަޅުލާފަ އެވެ. ނައީމާ ވަޅުލީ ޕޯސްޓްމޯޓަމް ނުހަދަ އެވެ.

ފުލުހުން ބުނީ ނައީމާގެ ހަށިގަނޑުން ފުލުހުން ބޭނުންވާ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަނަދޫ

މީހުން މެރުން، ނުވަތަ މަރަން ހަމަލާދީގެން މެރުން ، ކަތިލުން ރާއްޖޭގައި ދަނީ އާއްމުވަމުންނެވެ. މިކަން މިހެން ހިނގަން ދިމާވާ ސަބަބު ދިރާސާކޮށް ހޯދުމުގެ މަސައްކަތެއް ކުރެވޭހެނެއް ހިޔެއްނުވެއެވެ. މީގެ 30 އަހަރު ކުރިން ޤާތިލުން އެކި ރަށްރަށަށް އަރުވާލެވި، އެރަށްރަށުގައި ދިރިއުޅެފައިވެއެވެ. މިގޮތުން މަނަދޫއަކީ މަޝްހޫރު ކޭސް "ސިލްވިޔާ" ގެ ޤާތިލް އަރުވާލެވުނު ރަށެވެ. މީގެ ޒަމާންތަކެއް ކުރިން ވަލުތެރޭގައި މީހަކު މަރާފައި އެއްލާލަފައި އޮތް ވާހަކަތަކެއް މަނަދޫން ފެންމަތިވިއެވެ. (މިއީ ތެދު ކަމުގައިވާނަމަ) ރަށުގައި ނާމާން ކަމެއް ދިރިއުޅެއެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910