ބޮލީވުޑް

ހީނާ ހާން ކެންސަރު ބައްޔަށް ފަރުވާ ހޯދަނީ

ބޮލީވުޑްގެ މަޝްހޫރު ތަރި ހީނާ ހާން ބްރެސްޓް ކެންސަރަށް ފަރުވާ ހޯދަން ފަށައިފި އެވެ.

ހީނާ ވަނީ މި ހިތާމަވެރި ހަބަރު އެނާގެ އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާކޮށްފަ އެވެ.

ހީނާ ބުނީ އޭނާއަށް ވަނީ ސްޓޭޖް ތިނެއްގެ ބްރެސްޓް ކެންސަރު ޖެހިފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

"އަހަރެން ވަނީ ސްޓޭޖް ތިނެއްގެ ބްރެސްޓް ކެންސަރުން ޑައިގްނޯޒް ކޮށްފައި. އަހަރެން ހިތްވަރުގަދަ ވާނެ އަދި މިކަމުން ސަލާމަތް ވާން ކުރެވޭ ހުރިހާ މަސައްކަތެއް ކުރަން މިހުރީ ތައްޔާރަށް،" ހީނާ ބުންޏެވެ.

ހީނާ ބުނީ އޭނާގެ ބައްޔަށް މިހާރު ވަނީ ފަރުވާ ހޯދަން ފަށާފައިވާ ކަމަށާއި މިކަން ނިމޭއިރު އޭނާ ކުރިއަށް ވުރެ ވެސް ހިތްވަރު ގަދަ ވާނެ ކަމަށެވެ.

ހީނާ ވަނީ އެންމެންވެސް އޭނާއަށް ހެޔޮ ދުއާކޮށްދިނުމަށް އެދިފަ އެވެ. އަދި އެންމެންގެ ފަރާތުން ވެސް ލިބެމުންދާ ހެޔޮ އެދުންތަކާއި ބަސްތަކަށް އޭނާ ވަނީ ޝުކުރުވެސް އަދާކޮށްފަ އެވެ.