މޯލްޑިވްސް ޕޮލިސް ސާވިސް

ދަނބިދޫ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ލ. ދަނބިދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ދަނބިދޫއަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ އަންހެނެކެވެ.

ދަނބިދޫގެ އިރުމަތި ފަރާތުން މި މީހާގެ ހަށިގަނޑު ބަޔަކަށް ފެނުނީ އޮޔާދަނިކޮށެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:55 ހާއިރު އެވެ.

ފުލުހުން ބުނީ މި މީހާގެ ހަށިގަނޑު އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް އެތަނުން ބުނާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.