ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމުގެ ބައްޕަ އަވަހާރަވެއްޖެ އެވެ.
މެންބަރު ނަސީމުގެ ބައްޕަ -- އަލީ ނަސީރު މިއަދު އަވަހާރަވީ އުމުރުން 75 އަހަރު ގައެވެ.
އަލީ ނަސީރުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު އަސްރު ނަމާދަށްފަހު ހުޅުމާލޭގެ ސަހަރާ މިސްކިތު ގައެވެ.
ޖަނާޒާވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ސަހަރާ ގައެވެ.
މެންބަރު ނަސީމުގެ ބައްޕަގެ ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ނަސީމު ވަނީ އެދިވަޑައިގެންފަ އެވެ.