ބޮލީވުޑް

ސައްހަ ނޫން ހަބަރުތައް ގަބޫލުކޮށްގެން ނުވާނެ: ލަވް ސިންހާ

ޝަޓްރޫގަން ސިންހާ (ސަތަރޭ)ގެ ދަރިފުޅު -- ލަވް ސިންހާ ބުނީ ސައްހަ ނޫން އަދި ޔަގީން ނުކުރެވޭ ހަބަރަށް ބަރޯސާ ވެގެން ނުވާނެ ކަމަށެވެ.

ލަވް މިހެން ބުނީ އޭނާގެ ބައްޕަ -- ސަތަރޭ ބަލިވެ، އެޑްމިޓްކުރުމަށް ފަހު، އޭނާ ސާޖަރީތަކެއް ހަދާ ކަމުގެ ދޮގު ހަބަރުތަކެއް ފެތުރެމުން ދާތީ އެވެ.

ލަވް ސިންހާ ބުނީ ފާއިތުވެ ދިޔަ ދެތިން ދުވަހު އޭނާގެ ބައްޕަ އުޅުނީ ގަދައަށް ހުން އައިސް ގައިން ވަރު ދާތީ ކަމަށެވެ. އެެހެންވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ކަމަށްވެސް ބުންޏެވެ.

"ބައްޕަގެ ސިއްހަތާއި ބެހޭ ގޮތުން ސާފުކޮށްދޭން ބޭނުންވަނީ އެއްވެސް ސާޖަރީއެއް ހަދާފައި ނުވާ ކަމަށް،" ލަވް، އެކްސްގައި ކުރި ޕޯސްޓޭއްގައި ވެއެވެ.

ލަވް ވަނީ އޭނާގެ ބައްޕަގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ހެޔޮ ދުއާ ކުރި އެންމެނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.