މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ހުޅުވާލައިފި

ޕީއެޗްޑީ ހިމެނޭހެން އެކި ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދަން އެދި ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނި ގޮތުގައި މިއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވާލި ފުރުސަތެކެވެ.

މަތީ ތައުލީމު ހޯދަން ހުޅުވާލި ފުރުސަތުތައް

  • ޕީއެޗްޑީ - އެގްރިކަލްޗާ - 1 ކޯސް
  • މާސްޓާސް ޑިގްރީ - ސަސްޓެއިނަބްލް ސްޓަޑީސް / ސަސްޓެއިނަބްލް ޑެވެލޮޕްމަންޓް މެނޭޖްމަންޓް - 1 ކޯސް
  • މާސްޓާސް ޑިގްރީ - ޕްލާންޓް ޕްރޮޓެކްޝަން / އެންޓޮމޮލޮޖީ / ޕްލާންޓް ޕެތޮލޮޖީ - 1 ކޯސް
  • ބެޗްލާސް ޑިގްރީ - ސާވޭއިން އެންޑް މެޕިން ސައިންސް - 1 ކޯސް
  • ބެޗްލަސް ޑިގްރީ - އެގްރިކަލްޗަރަލް ސައިންސް - 2 ކޯސް
  • ބެޗްލަސް ޑިގްރީ - ވެޓެރިނަރީ / ޒޫލޮޖީ/ އެނިމަލް ސައިންސް - 1 ކޯސް
  • ބެޗްލަސް ޑިގްރީ - ހޯޓިކަލްޗަރަލް ސައިންސް / މޭޖަ އިން ޕްލާންޓް ހެލްތް - 1 ކޯސް
  • ބެޗްލަސް ޑިގްރީ - އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) - 2 ކޯސް
  • ބެޗްލަސް ޑިގްރީ - އެގްރިކަލްޗާ އިކޮނޮމިކްސް - 1 ކޯސް
  • ބެޗްލަސް ޑިގްރީ - ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗްލަރ އޮފް އިކޮނޮމިކްސް - 1 ކޯސް

އެ މިނިސްޓްރީން ބުނި ގޮތުގައި ޕީއެޗްޑީ ކޯހަށް ޝަރުތު ހަމަވާނީ ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ އެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހުންނަށެވެ.

މާސްޓާސް ޑިގްރީ ކޯހަށް ޝަރުތު ހަމަވާނީ ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާނަމަ އެވެ.

ބެޗްލަސް ޑިގްރީ ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލްގެ ފަސް މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން އަދި ޖީސީއީ އޭލެވެލްގެ ތިން މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ.

މި ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ 12:00 އާ ހަމައަށް ހުޅުވާލާފަ އެވެ.