އެންޑީއޭ

އެންޑީއޭގެ ސީއީއޯގެ މަގާމުން އިމާދު ވަކިކޮށްފި

އެންޑީއޭގެ ސީއީއޯގެ މަގާމުން ވަކިކޮށްފައިވާ އިމާދު ސޯލިހް -- ފޮޓޯ؛ އަވަސް
0%
0%
0%

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސޯލިހް އެ މަގާމުން ވަކިކޮށްފި އެވެ.

އެންޑީއޭގެ ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އިމާދު މަގާމުން ވަކިކުރީ ބޯޑު މެންބަރުންގެ އިއްތިފާގުންނެވެ.

އެންޑީއޭގެ ބޯޑުގައި ހިމެނޭ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސްއަށް ވިދާޅުވީ އިމާދު މަގާމުން ވަކިކުރީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެންޑީއޭ އިން ކުރަން ލާޒިމުކޮށްފައިވާ މަސައްކަތްތައް އެކަށީގެންވާ ވަރާ ގާތަށްވެސް ކުރެވިފައި ނުވާތީ ކަަމަށެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި އިމާދުއާ އެކު އެ މަސައްކަތް ކުރެވޭނެ ކަމަށް ބޯޑުގެ މެންބަރުންނަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމު ހުސްކޮށް އޮންނަތާ 17 މަސް ދުވަަސް ފަހުން އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ ސަރުކާރުގައި ނޮވެމްބަރު 1، 2022 ގައެވެ.

އެންޑީއޭ މިދިޔަ ސަރުކާރުގައި އެންމެ ފުރަތަމަ ހިންގީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ. އޭގެފަހުން ހެލްތު މިނިސްޓްރީގެ ދަށަށްވެސް ބަދަލުކުރި އެވެ. އެކަމަކު މިސަރުކާރުގައި ޑްރަގުގެ މައްސަަލަ އަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަށް ބަލައި، އެންޑީއޭ ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345