ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)

ޖުވާ ކުޅޭ ވެބްސައިތުތައް ބްލޮކް ކުރަނީ

ޖުވާ ކުޅުމަށް ބޭނުންކުރާ ވެބްސައިތުތައް ރާއްޖޭގައި ބްލޮކް ކުރުމުގެ މަސައްކަތް މޯލްޑިވްސް ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) އިން ފަށައިފި އެވެ.

ކޭމްގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އެ އޮތޯރިޓީއަށް، ފުލުހުން ވަނީ ޖުވާ ކުޅެން އާންމުކޮށް ބޭނުންކުރާ ވެބްސައިޓުތައް ބްލޮކް ކުރުމަށް އަންގާފައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖޭގައި މިހާރު އާންމުކޮށް ޖުވާ ކުޅުމަށް ބޭނުންކުރާ ކަމަަށް ބެލެވޭ ވެބްސައިޓުތައް ވާނީ ބްލޮކްކޮށްފައި ކަމަށެވެ.

މި މަސައްކަތް ކޭމް އިން ކުރަމުން ގެންދާއިރު، މިދިޔަ އަހަރު ވަނީ ރާއްޖޭގައި އާންމުކޮށް ވަންނަ ބަރަހަނާ ވެބްސައިޓުތަކަަށް ވެސް ނުވަދެވޭ ގޮތް ހަދާ ބްލޮކް ކޮށްފަ އެވެ.