ލާމު ލިންކް ރޯޑުގައި ލ. މާންދޫއިން ގަމަށް ދަތުރުކޮށްފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލުމާތު ލިބިގެން ފުލުހުން އެތަނުގައި ހަރަކާތްތެރި ވެފައިވާ ކަމަށެވެ.
މިހާރު އަލިފާން ނިއްވާލާފައިވާ ކަަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.