ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް ދިނުމުގައި ދިމާވި ޓެކްނިކަލް މައްސަލަ ހައްލުވެއްޖެ އެވެ.

ބީއެމްއެލްއަށް މިއަދު ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ކުންފުނިން ފޯރުކޮށްދޭ ކާޑު މެޝިން ހިދުމަތާއި، އޭޓީއެމް ހިދުމަތާއި، އޮންލައިން ބޭންކިންގެ ހިދުމަތްތައް ދިނުމުގައި އުނދަގޫތަކެއް ދިމާވެގެން ދިޔަ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ނަމަވެސް މިހާރު އެ ކުންފުނިން ވަނީ ދިމާވި މައްސަލަ ހައްލުކޮށް، ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދިފަ އެވެ.

ބީއެމްއެލްގެ ހިދުމަތްތަކަށް މިފަދަ ޓެކްނިކަލް މައްސަލަަތައް ކުރިންވެސް ވަނީ އެކި ފަހަރުމަތިން ދިމާވެފަ އެވެ.