ހުޅުލެ ހުޅުމާލެ ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު ކަމަށެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
ހުޅުލެ ހުޅުމާލެ ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުގައި މީގެކުރިންވެސް ބައެއް ވެހިކަލްތައް ޖެހި އެކްސިޑެންޓް ހިނގާފައިވެ އެވެ.