މަސްތުވާތަކެތި

އެކި ވައްތަރުގެ ޑްރަގު ހުރީ ޑިސްޕްލޭކޮށްލާފައި

ފިހާރައެއްގެ ޑިސްޕްލޭގައި ވިއްކަން ތަކެތި ބަހައްޓާފައި ހުންނަހެން މަސްތުވާތަކެތީގެ އެތައް ބާވަތެއް ޑިސްޕްލޭކޮށްގެން ވިއްކަމުން ދިޔަ ގެއަކަށް ފުލުހުން ވަދެގެންފި އެވެ.

ފިހާރައެއްގެ ޑިސްޕްލޭގައި ވިއްކަން ތަކެތި ބަހައްޓާފައި ހުންނަހެން މަސްތުވާތަކެތީގެ އެތައް ބާވަތެއް އަތުރާލައިފި ހުރި ގެއެއް ރެއިޑްކޮށް ފުލުހުން ވަނީ އެގެއިން މީހަކުވެސް ހައްޔަރުކޮށްފަ އެވެ.

ކުށުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް ހުރި މީހެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް މަސްތުވާތަކެތީގެ ހަތަރު މައްސަލައެއްގައި ދައުލަތުން ދައުވާ ކުރެ އެވެ. އެއީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި، ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އާއި، މަސްތުވާތަކެތީގެ އިތުރު ދެ ދައުވާ އެކެވެ. މި މައްސަލަތަކާ ގުޅިގެން އެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މި މައްސަލައިގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެގެއިން މަސްތުވާތަކެތީގެ ގިނަ ބާވަތްތަކެއް ފެނިފައިވެ އެވެ. އަދި ހައްޔަރުކޮށްފައިވާ މީހާ، ހެކި އުފެއްދުމަށާއި ހެކި ލިބުނަ ނުދިނުމަށް މަސައްކަތްކޮށްފައިވެ އެވެ.

މިމައްސަލައިގައި އޭނާގެ ރުހުމުގައި ފުލުހުންނަށް އޭނާގެ ފޯނު ދިން ނަމަވެސް ފޯނުގެ ލޮކްކޯޑުތައް ނުދިނުމުން ފޯނު ފުލުހުންނަށް ބެލިފައެއް ނުވެއެވެ.