ރައީސް އަބްދުﷲ ޔާމީން

އެންއައިސީގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކޮށްފި

Mar 8, 2016

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) މިއަދު މެންބަރަކު އައްޔަން ކުރައްވައިފިއެވެ.

އެންއައިސީގެ ގާނޫނުން އުފައްދާފައިވާ ކޮމިޝަނުގެ މެންބަރުކަމަށް، ރައީސް އައްޔަން ކުރެއްވި މެންބަރަކީ، ސ. ފޭދޫ ކަރަންކާވިލާ، އަޙްމަދު އަމީނެވެ.

އެންއައިސީގެ މެންބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، އަމީނަށް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.