މޯލްޑިވްސް ޕޮލިސް ސާވިސް

ކޯޓު އަމުރެއްގެ ދަށުން ބަންދުކުރަން އުޅުމުގެ ތެރޭގައި އަނިޔާވި މީހަކަށް ފަރުވާ ދޭން ފަށައިފި

ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.

އަނިޔާވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ފެށީ ބަންދުގައި ބަހައްޓައިގެން މާދަމާ މެންދުރުފަހު 1:00ގައި އެ މީހާ ކޯޓަށް ހާޒިރުކުރުމަށް ޑްރަގު ކޯޓުގެ ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އަނިޔާވީ 38 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މިހާދިސާގައި ފުލުހުން އަމަލުކުރި ގޮތާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމަށް އަނިޔާވި މީހާގެ އާއިލާ އިން ބުނެ އެވެ. އަދި އެ ކަންބޮޑުވުންތައް އާއިލާ އިން ވަނީ ފުލުހުންނާ ހިއްސާކޮށްފަ އެވެ.

ފުލުހުން ބުނީ އާއިލާ އިން ހުށަހެޅި ކަންބޮޑުވުންތައް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށެވެ.