މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސް އަށް ދެ ޑްރޯން ގެންނަނީ

ރާއްޖޭގެ ބޯޑަރަށް ވަންނަ އުނޅަނދުތައް މޮނިޓާ ކުރުމަށް ރާއްޖެއަށް ދެ ޑްރޯންއެއް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަދައްކަވަމުން މާނިއު ވިދާޅުވީ ކަސްޓަމްސްއަށް ބޯޑަ އަމިއްލައަށް ބެލެހެއްޓޭނެ ވަސީލަތްތަކެއް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.

މާނިއު ވިދާޅުވީ އެކުވެރި ގައުމުތަކުން ބޭނުންވާ ވަސީލަތްތައް ހޯދައިން ބޯޑަރު ބެލެހެއްޓުން ވަރުގަދަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަަމަށެވެ. އެގޮތުން އެމެރިކާ އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޑްރޯންއެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އޭރުން ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތްތައް ފަސޭހަ ވެގެން ދާނެ ކަމަށް،" މާނިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑްރޯން ލިބުނު ކަމުގައިވިޔަސް ކަސްޓަމްސް އިން ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ އެމްއެންޑީއެފްއާއި ކަސްޓަމްސް ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެނަށް ޑޮޜޯން ލިބުނަސް ދެބައި މީހުން އެއްކޮށް މަސައްކަތް ކުރާނީ" މާނިއު ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން ވަރުގަދަ ކުރުމަށް ތުރުކީ އިން މިހާރު ވަނީ ތިން ޑްރޯން ރާއްޖެ ގެނެސް އެމްއެންޑީއެފްއާ ހަވާލުކޮށްފަ އެވެ.