ލޯބިވެރިޔާއަށް ވަޅިން ބިރުދެއްކި މީހާ 30 ދުވަހަށް ބަންދުކޮށްފި އެވެ.
މި މަައްސަލައިިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރެހެނެކެވެ.
އޭނާ ވަޅިން ލޯބިވެރިޔާއަށް ބިރުދެއްކީ އެ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ރުޅި އައިސްގެންނެވެ.
މިމައްސަލައިގައި މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މި މީހާ ބުނީ އޭނާ ހުރި ތަނުން ފެނުނު ވަޅިއަކީ ޑައިވިންއަށް ދާއިރު ބޭނުންކުރާ އެއްޗެއް ކަމަށެވެ.
ކޯޓުން މި މީހާގެ ބަންދަށް 30 ދުވަސް ދިނީ އޭނާ ކުށް ތަކުރާރުކޮށްފާނެ ކަމަށް ބަލައިގެންނެވެ.