ބޮލީވުޑް

ޝްރައްދާއާއި ރާހުލް ކައިވެނިކުރަން ތައްޔާރުވަނީ

ޝްރައްދާ ކަޕޫރް އާއި އޭނާގެ ލޯބިވެރިޔާ ރާހުލް މޯޑީ
0%
0%
0%

ބޮލީވުޑްގައި ފިޔަޖަހަމުންދާ ޝްރައްދާ ކަޕޫރާއި ރާހުލް މޯދީގެ ދެމެދުގައި އޮތީ ސީރިއަސް ގުޅުމެއް ކަމަށާއި އެ ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރަން ތައްޔާރުވަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.

ޝްރައްދާގެ ކައިވެނީގެ އަޑުތައް ގަދަވެފައި މިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު -- ސްޓްރީ 2ގެ ޓްރެއިލާ ލޯންޗު ކުރުމަށް ބޭއްވި އިވެންޓެއްގައި ޝްރައްދާގެ ކައިވެންޏާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް އޭނާ ޖަވާބު ދިން ގޮތުންނެވެ.

"އަހަންނަކީ ސްޓްރީ. އަހަރެން ބޭނުން އިރަކު ކައިވެނި ކުރެވޭނެ،" ޝްރައްދާ ބުންޏެވެ.

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ޝަކްތީގެ އަންހެން ދަރިފުޅު ޝްރައްދާ މިހާރު ރައްޓެހިވެގެން އުޅެނީ ބޮލީވުޑްގެ ސްކްރީން ރައިޓަރު ރާހުލް މޯދީއާ އެވެ. ރާހުލް އަކީ އިންޑިއާގެ ވިޔަފާރިވެރިޔާ އަމޯދު މޯދީގެ ދަރިއެކެވެ.

ރާހުލްއާއި ޝްރައްދާ ރަށްޓެހިވެގެން އުޅޭތާ ދުވަސްކޮޅެއްވީ ނަމަވެސް މި ދެ މީހުންގެ ގުޅުން ޝްރައްދާ ޔަގީންކޮށްދިނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ދެ މީހުން އެކުގައި ނެގި ސެލްފީއެއް އިންސްޓަގްރާމުގައި ހިއްސާކުރުމަށްފަހު އެވެ.

އުމުރުން 37 އަހަރުގެ ޝްރައްދާ އާއި އުމުރުން 34 އަހަރުގެ ރާހުލް އެންމެ ފުރަތަމަ ބައްދަލުވީ "ޓޫ ޖޫތީ މައިން މައްކާރު"ގެ ސެޓުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345