ދުނިޔެ

އެމެރިކާގެ ނޫސްވެރިޔަކު ރަޝިއާގައި 16 އަހަރަށް ޖަލަށް

އެމެރިކާގެ ނޫސްވެރިޔެއް ކަމަށްވާ އިވާން ގާޝްކޮވިޗްް 16 އަހަރަށް ޖަލަށް ލުމަށް ރަޝިއާގެ ކޯޓަކުން ހުކުމްކޮށްފި އެވެ. އޭނާ އަށް ހުކުމްކުރީ ޖާސޫސްކުރުމުގެ ކުށުގަ އެވެ.

އިވާން ގާޝްކޮވިޗްް އަކީ އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްއަށް މަސައްކަތްކުރާ ނޫސްވެރިޔެކެވެ.

ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އިވާން ގާޝްކޮވިޗްް ޖާސޫސްކުރި ކަމުގެ އަމަލީ ހެކި ތަހުގީގީ އިދާރާތަކުން ހޯދާަފައިވާ ކަމަށެވެ.

ނޫސްވެރިޔެއް ކަމަށް ހެދިގެން އީވާން ކުރި ކަމަކީ ރަޝިއާގެ އަސްކަރީ ހަރަކާތްތައް ހުންނަ ގޮތް ބެލައި އެމެރިކާއަށް ރިޕޯޓްކުރުން ކަމަށްވެސް ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

އިވާން ގާޝްކޮވިޗްްއާ މެދު ޝައްކުވެގެން އޭނާ ހައްޔަރުކުރީ މާޗް 2023 ގައެވެ. އޭނާގެ ބަންދާ ބެހޭ ގޮތުން ވޯލް ސްޓްރީޓް ޖާނަލުން ބުނީ އެ އެޖެންސީގެ ނޫސްވެރިން އެއްވެސް ގައުމަކަށް ޖާސޫސްނުކުރާނެ ކަމަށެވެ.

ރަޝިއާއަށް ޖާސޫސްކުރަން އެމެރިކާއިން މީހުން ނުފޮނުވާ ކަމަށް އެ ގައުމުން ވެސް ވަނީ ބުނެފަ އެވެ. އަދި އިވާންގެ ބަންދާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އެމެރިކާ އިން އޮތީ އެދިފަ އެވެ.

އެމެރިކާ އާއި ރަޝިއާއާ ދެމެދުގައި މިހާރު އޮތް ހަސަދަވެރިކަމުގައި މިއިން ކޮންމެ ގައުމެއްގެ މީހަކު އަނެއް ގައުމުގައި ބަންދުވި ނަމަވެސް އަންނާނީ ޒާތީ ހުކުމެކެވެ. އަދި ދަރަޖައިގެ ގޮތުން އެ ހުކުމެއްގެ މުއްދަތު އިތުރުވުމަކީ އެންމެ ގާތް ގޮތެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުން އިވާން ހިފަހައްޓާފައި ހުރީ ކުށެއް ކޮށްގެނެއް ނޫނެވެ. އޭނާ އަކީ ކުށްވެރިއެއް ނޫން ކަމަށްވެސް އެމެރިކާ ބުނެ އެވެ.

އީވާން ވަގުތުން މިނިވަންކުރުމަށް އެމެރިކާއިން ވަނީ ގޮވާލާފަ އެވެ.