މަސްތުވާތަކެތި

ފޭރުމުގެ މައްސަލައެއްގައި ޒުވާން އަންހެނަކު ހައްޔަރުކޮށްފި

ފޭރުމުގެ މައްސަލައެއްގައި ޒުވާން އަންހެނަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލެއިން އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް މިއަދު ހާޒިރު ކުރުމުން 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.

ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ އެމީހާ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވަނީ މުޖުމަތައުގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. މި ބަންދު މުއްދަތު ޖެހީ ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒްލިފާ އެވެ.

ރިކޯޑްތަކުން ދައްކާ ގޮތުގައި ފޭރުމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި އެ އަންހެންމީހާއަކީ މީގެ ކުރިންވެސް ޖިނާއީ ބައެއް މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެކެވެ. މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.