ޕެންޝަން އޮފީސް

ފައިނޭންސް ފޯރަމް ހޯމަ ދުވަހު ކުރުނބާގައި

މިދިޔަ އަހަރުގެ ފައިނޭންސް ފޯރަމްގެ ތެރެއިން
0%
0%
0%

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމް އަންނަ ހޯމަ ދުވަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި ބާއްވާ މިއަހަރުގެ ފައިނޭންސް ފޯރަމަކީ 11 ވަނަ ފައިނޭންސް ފޯރަމް އެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރަމެކެވެ. އެކަމަކު ކޮވިޑުގެ ހާލަތާ ގުޅިގެން 2020 އަދި 2021 ގައި މި ފޯރަމު ނުބާއްވަ އެވެ.

ފޯރަމްގެ މި އަހަރުގެ ޝިއާރަކީ "ދަ ފިއުޗާ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓަސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި" އެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކާއި އެކި ތަޖުރިބާކާރުން އެއްތަނަކަށް އެއްކޮށް، ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފޯރަމް އެވެ.

މި ފޯރަމްގައި ދިވެހި އަދި ބައިނަލްއަގްވާމީ ސްޕީކަރުން ބައިވެރިވެ، ފައިނޭންސްގެ މުސްތަގުބަލުގައި ފިންޓެކް އާއި އޭއައިގެ ދައުރާއި ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެ ޓެކްނޮލޮޖީތަކުގެ ދައުރަށް އަލިއަޅުވާލާނެ އެވެ.

މި ފަހަރުގެ ފޯރަމްގެ ކީނޯޓް ސްޕީކަރުންގެ ތެރޭގައި ވޯލްޑް ބޭންކްގެ ލީޑް އިކޮނިމިސްޓް، ރޮބަޓް ޕެލާޝިއަސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ މާލީ ދާއިރާއާ ގުޅުންހުރި އެންމެ ފަހުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް މައުލުމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ރާއްޖޭގެ ފައިނޭންސް ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކާއި، ސަރުކާރު މުއައްސަސާތައް ހިމަނައިގެން ކުރިއަށް ގެންދާ މިފޯރަމްގައި މާލީ އިދާރާތަކުގެ އިސް ބޭފުޅުންނާއި ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345