އާމިރު ޚާން

އާމިރު ބޯ ބޭލީ ފިލްމަކަށް ނޫން، ގަޔާވި ކުއްޖަކު އޭނާ ދޫކޮށްލުމުން

1984 ވަނަ އަހަރު ނެރެފައިވާ ހޯލީގައި އާމިރު ޚާން
100%
0%
0%

ހިތްކިޔާ އަންހެން ކުއްޖަކު ނޫނެކޭ ބުނެގެން އެކަމާ ދެރަވެގެން ބޯބޭލި ކަމަށް ބޮލީވުޑްގެ މަޝްހޫރު ސްޕަސްޓާ އާމިރު ޚާން ބުނެފި އެވެ.

އާމިރު މި ވާހަަކައެއް ދައްކާފައި މިވަނީ އޭނާ މީގެ އަހަރުތަކެއް ކުރިން 1984 ވަނަ އަހަރު ބޯ ބޭލީ އެ އަހަރު އޭނާ ކުޅެފައިވާ ފިލްމު "ހޯލީ"އަށް ކަމަށް ބައެއް މީހުން ބުނެފައި ވަނިކޮށެވެ.

ނަމަވެސް "ރެންޑަވޯސް ވިތް ސިމީ ގަރެވަލް"ޝޯގައި ވާހަކަދައްކަމުން އާމިރު ބުނީ އެއީ މުޅިން ހަގީގަތެއް ނޫން ކަމަށެވެ. ހޯލީއަށް ބާ ބާލާފައި ނުވާނެ ކަމަށާއި އެކަމަކު އޭނާ ވަރަށް ގަޔާވި އަންހެން ކުއްޖަކު ނޫނެކޭ ބުނުމުން އެ ދުވަސްވަރު ބޯ ބޭލި ކަމަށެވެ.

އެކަމަކު ލޯބިވެރިޔާގެ ވަނަވަރު އަދި އެންމެ ކުޑަމިނުން އޭނާގެ ނަން ވެސް އާމިރު ބުނެފައެއް ނުވެ އެވެ. އެކުގައި އުޅުމަށްފަހު އެ އަންހެން ކުއްޖާ ދިއުމުން އެ ނިންމުމަށް އިހުތިރާމް ކުރި ކަމަށްވެސް އާމިރު ބުންޏެވެ.

އާމިރު ޚާން އަކީ އޭނާ ކުޅޭ ފިލްމުތަކުގައި ދައްކަންޖެހޭ ކެރެކްޓާއާ އެއްގޮތަށް ހަށިގަނޑާއި ސިފައަށް ބޮޑެތި ބަދަލުތައް ގެންނަ ކަމަށް މަޝްހޫރު ފަންނާނެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345