އެމެރިކާ

ޓްރަމްޕްގެ ކެމްޕޭނަށް އިލޮން މަސްކް ކޮންމެ މަހަކު 45 މިލިއަން ޑޮލަރު ދެނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެރިޔާ އިލޮން މަސްކް ކޮންމެ މަހަކު 45 މިލިއަން ޑޮލަރު ހަދިޔާ ކުރާ ކަމަށް އެމެރިކާގެ ސެނެޓުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ސެނެޓަރު ބާނީ ސޭންޑާސް ތުހުމަތުކުރައްވައިފި އެވެ.

ބާނީ ސޭންޑާސް މި ތުހުމަތުކުރެއްވީ އޭނާގެ އެކްސް އެކައުންޓުގައި މަސްކަށް އަމާޒުކުރައްވާ ކުރެއްވި ޕޯސްޓެއް ގައެވެ.

މި ޕޯސްޓުގައި ސޭންޑާސް ވިދާޅުވީ އިލޮން މަސްކް އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށާއި އޭނާ ޓްރަމްޕްގެ ކެމްޕޭނަށް ކޮންމެ މަހަކު 45 މިލިއަން ޑޮލަރު ދޭ ކަމަށެވެ.

މީގެ އިތުރުން ސޭންޑާސް ވަނީ މަސްކްގެ ކުންފުނިތަކަށް ސަރުކާރުން ދޭ ސަބްސިޑީތަކާއި ޓެކްސް ބްރޭކްތަކުގެ ވާހަކަވެސް ފާހަގަކުރައްވާފަ އެވެ. އަދި މިފަދަ ބޮޑެތި ހަދިޔާތައް ސިޔާސީ ކެމްޕޭންތަކަށް ދިނުމަކީ ޑިމޮކްރަސީއަށް ނުރައްކަލެއް ކަމަށްވެސް ވިދާޅުވި އެވެ.

ސޭންޑާސްއަށް ރައްދު ދިނުމުގެ ގޮތުން އިލޮން މަސްކް އަދި ޓްރަމްޕްވެސް ވަކި އެއްޗެއް އަދި ވިދާޅުވެފައެއް ނުވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރެއަށް އިލޮން މަސްކް މީގެކުރިން ވަދެފައި ނުވި ނަމަވެސް މިދާކަށް ދުވަހު ޓްރަމްޕް އަވަހާރަކޮށްލުމަށް އަމާޒުކޮށްގެން ދިން ހަމަލާއަށްފަހު އިލޮން މަސްކް ގެންދަނީ ފާޅުކަން ބޮޑު ގޮތެއްގައި ޓްރަމްޕަށް ތާއީދުކުރަމުންނެވެ.