މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

މާލޭގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް "މާލެ ފަހި ޕްރޮގްރާމް" އިފްތިތާހްކޮށްފި

މާލެ ފަހި ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މާލޭގެ މަގުތައް އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން "މާލެ ފަހި ޕްރޮގްރާމް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހްކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލާފައިވާ މި ޕްރޮގްރާމު މިރޭ އިފްތިތާހް ކޮށްދެއްވީ މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މިރަސްމިއްޔާތުގައި މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސް ވަނީ މި ޕްރޮގްރާމުގެ ފޮތްވެސް ނެރެދެއްވާފަ އެވެ.

މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ މީހުންނަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމު ބެހިފައިވާ މައިގަނޑު ތިން ބަޔަކީ ގާނޫނާއި ގަވައިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލެ ފަހި ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އަދި އެމަނިކުފާނުގެ ހާއްސަ އިރުޝާދާ އެކީ އެ މިނިސްޓްރީން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345