މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޓްރެފިކް ހާލަތު ގޯސްކުރީ ކުރީގެ ސަރުކާރުތަކުން: އަމީން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

މާލެ ސަރަހައްދުގެ ޓްރެފިކް ހާލަތު ދިރިނޫޅެވޭ ވަރަށް ގޯސްކުރީ ކުރީގެ ސަރުކާރުތަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ގަވާއިދާ ހިލާފަށް ގަރާޖު ސިޓީ ދޫކުރަމުންދިޔައިރު ކުރީގެ ސަރުކާރުތަކުން އެކަމަށް ފިޔަވަޅު ނާޅާކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ.

ރަޖިސްޓްރީ ނުކުރާ ވެހިކަލް ބޭނުންކޮށް މާލެ އާއި ހުޅުމާލޭގެ މަގުތައް އުޅަނދުތަކުގެ ގޮނޑަކަށްވީ ފިޔަވަޅު ނޭޅުމުންކަން އެނގޭ ކަމަށް އަމީން ވިދާޅުވި އެވެ.

މިއީ ފަސޭހައިން ހައްލުކުރެވޭނެ މައްސަލައެއް ނޫން ނަމަވެސް އާންމުންގެ މަންފާއަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް އާންމުންދޭ ތަރުހީބަށް ޝުކުރު އަދާކޮށް އަމީން ވަނީ އިދާރާތަކާއި އާންމުން ގުޅިގެން މި މައްސަލަ ހައްލު ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ.

އަމީން މިހެން ވިދާޅުވިއިރު މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސްވެފައިވާ އުޅަނދުތައް ދަނީ ޓޯކުރަމުންނެވެ. އެ ގޮތުން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ޕާކްކޮށްފައިވާ ގިނަ އަދަދެއްގެ ރޭސިން ކާރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޓޯކޮށްފަ އެވެ.

މީގެ ތެރޭގައި ބީ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ބައެއް ކާރުވެސް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345