ޖޭއެސްސީ

ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކު ފެމިލީ ކޯޓަށް ބަދަލުކޮށްފި

  • ގާޒީން ބަދަލުކުރަން ނިންމީ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި
  • ބަދަލުކުރަނީ ގާޒީ ސަމީރާއި ގާޒީ ނަޝީދު
  • އަބްދުﷲ ގާޒީ ވެސް ވަނީ ބަދަލުކޮށްފަ

ކްރިމިނަލް ކޯޓުގެ ދެ ގާޒީން ކަމަށްވާ ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒާއި ގާޒީ އަބްދުﷲ ނަޝީދު ފެމިލީ ކޯޓަށް ބަދަލު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ގާޒީ ސަމީރާއި ގާޒީ ނަޝީދު ފެމިލީ ކޯޓަށް ބަދަލު ކުރަން ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމެއްގަ އެވެ. މި ދެ ގާޒީން ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމާފައިވަނީ އަމިއްލައަށް އެގޮތަށް ހުށަހަޅައިގެނެވެ، ދެ ގާޒީން ފެމިލީ ކޯޓަށް ނުކުންނަވަން ފަށާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.

ދެ ގާޒީން ފެމިލީ ކޯޓަށް ބަދަލުކުރުމާ ގުޅިގެން ދެން ކްރިމިނަލް ކޯޓުގައި ތިއްބަވާނީ، ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އިބްރާހިމް އަލީ އާއި ގާޒީ އަހުމަދު ރަޝީދާއި ގާޒީ ސައީދު އިބްރާހިމް އަދި ގާޒީ މުހުތާޒް ފަހުމީ އެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ގެ ގޮތުގައި ހުންނެވި ގާޒީ އަބްދުﷲ މުހައްމަދު ވެސް ވަނީ ފެމިލީ ކޯޓަށް ބަދަލުކުރައްވާފަ އެވެ.