ރޮޒައިނާ އާދަމް

ރޮޒައިނާގެ މިލްކިއްޔާތުގައި ހުރީ 194،140.86 ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ މިލްކިއްޔާތުގައި ހުރީ އެއްލައްކަ ނުވަދިހަ ހާސް ރުފިޔާ ކަމަށް ބުނެ މާލީ ބަޔާން އާންމުކޮށްފި އެވެ.

ރޮޒައިނާ މިއަދު އޭނާގެ މާލީބަޔާން އާންމުކޮށްފައިވާއިރު، މެންބަރު އަހުމަދު މަހުލޫފް އާއި އީވާ އާއި މާރިޔާ އަހުމަދުގެ އިތުރުން އެމްޑީޕީގެ ބައެއް އެހެން މެމްބަރުން ވެސް ވަނީ މާލީ ބަޔާން އާންމުކޮށްފަ އެވެ. ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުން ވެސް ދަނީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ މާލީ ބަޔާން އާންމު ކުރުމަށް ގޮވާލަމުންނެވެ.

ރޮޒައިނާ މިއަދު އާންމުކުރި މާލީބަޔާނުގައި ބުނެފައިވަނީ، އޭނާގެ މިލްކިއްޔާތުގައި ހުރީ 158،500 ރުފިޔާއާއި 2311.34 ޔޫއެސް ޑޮލަރު ކަމަށެވެ. އަދި އޭނާގެ ނަންމަތީގައި އެއްވެސް ގޯއްޗެއް ރޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ. ރޮޒައިނާގެ އަމިއްލަ ކުންފުންޏެއް އަދި ވިޔަފާރިއެއް ނެތް ކަމުގައި ވިޔަސް ޑޮނާޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގައި އޭނާގެ 35 ޕަސަންޓު ހިއްސާ އޮންނަ ކަމަށާއި އެމްޓީސީސީގައި ވެސް އޭނާގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާރިޔާއަށް 28 މެއި 2014 އިން ފެށިގެން 27 މެއި 2015ގެ ނިޔަލަށް މުސާރައާއި ކުލީގެ ގޮތުގައި 1،722511 ރ. ލިބުނު ކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމެއް ނޫނެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހެ އެވެ.