އަހުމަދު މުނައްވަރު

ގަވަރުނަރަކަށް މުނަވަރު އައްޔަންކުރަން ރުހުން ދޭން ކޮމިޓީން ނިންމައިފި

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު މުނައްވަރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް މިމަހުގެ 22 ވަނަ ދުވަހު ވަކިކުރައްވައި އެ މަގާމަށް މުނައްވަރު އައްޔަންކުރަން މަޖިލީހުގެ ލަފައަކަށް ރައީސް އެދިވަޑައިގަތުމާ ގުޅިގެން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

މާލިއްޔަތު ކޮމިޓީން މުނައްވަރަށް ރުހުން ދިނީ މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އޭނާއާ އިންޓަވިއު ކުރުމަށްފަހު ފައެވެ. ކޮމިޓީގެ މެންބަރުން މުނައްވަރަށް ދެއްވީ އެވްރެޖުކޮށް 97 ޕަސަންޓެވެ.

ކޮމިޓީގެ ނިންމުމަށް އަމަލުކުރެވޭނީ މަޖިލީ

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމަށް ރައީސް މުއިއްޒު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މުނައްވަރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ.