ދިރާގު

ދިރާގުގެ އާ ޕާޓްނާ ޝޮޕެއް ފޭސް 2ގައި ހުޅުވައިފި

ދިރާގުގެ އާ ޕާޓްނާ ޝޮޕެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި އެވެ.

ދިރާގާއި އޯއޭސެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޕާޓްނަޝިޕްގެ ދަށުން ހުޅުމާލޭ ހިޔާ ފްލެޓް 5 (އެޗް5-ޖީ-01) ގައި ހުންނަ އޯއޭސެސް މޯލްޑިވްސް ފިހާރައިން ދިރާގުގެ ހިދުމަތްތައް ލިބޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި މި އާ ޕާޓްނަ ޝޮޕްގެ ސަބަބުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ބޮޑު އާބާދީއަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މިއާއެކު މި ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ދިރާގުގެ ހިދުމަތްތައް ހޯދޭނެކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގު ކަސްޓަމަރުންނަށް ޕާޓްނާ ޝޮޕުން ލިބޭނެ ހިދުމަތްތައް

  • ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ބިލް ދެއްކުން
  • ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑު ގަތުން
  • ޕްރީޕެއިޑް ޕްލޭންތަކުގެ ރީޗާޖް ހިދުމަތް
  • ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަން ނެގުން

ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، އެކި މުޖުތަމައުތަކުގެ ރައްޔިތުންނަށް އަވަސް، ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރެ އެވެ.