ހަބަރު

ސިހުރު ހަދާކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ހއ. ބާރަށުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބާރަށުގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ ހަ ގެއެއް މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މިއަދު މެންދުރު ބާރަށު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ފާސްކުރި ހަގޭގެ ތެރެއިން ތިން ގެއަކުން ސިހުރު ހަދަން ބޭނުންކުރާ އެކި ބާވަތުގެ ތަކެތި ވަނީ ފެނިފަ އެވެ. އަދި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.