މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުން -- ފޮޓޯ: ޕޮލިސް
100%
0%
0%

ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު ފިލި މީހުން ރޭ ހައްޔަރުކޮށްފި އެވެ.

މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހުމާނު އާއި މ. ލޭންޑް އޮފް ގާޑަން އިބްރާހީމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގޭ، ޖިނާހް އިސްމާއީލް ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓް ހިނގީ އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓް ކައިރީގަ އެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ ކާރުން ޖެހުމުން، ސައިކަލުގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ސޯޝަލް މީޑިއާގައި އާންމުވި ސީސީޓިވީ ފުޓޭޖުން ފެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345