ރ. މީދޫ

އަނަސްގެ ހަނދާނުގައި މީދޫ އެއްކޮށް އަނދިރިކޮށްލައިފި

ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސް އަނިޔާވެރި ގޮތަކަށް މަރާލިތާ ހަތް އަހަރުވީއިރު ވެސް އިންސާފު ލިބިފައި ނުވާތީ އަނަސްގެ ހަނދާނުގައި މީދޫ އެއްކޮށް އަނދިރިކޮށްލައިފި އެވެ.

އަނަސް މަރާލީ ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ 9:15 އާއި 9:30 އާ ދެމެދުގެ ވަގުތެއްގައި މާލޭގެ ލިޓަސް ގަރާޖު ތެރޭގައެވެ. އެހެންވެ އަނަސް މަރާލި ދުވަހާއި ގަޑިއާ ދިމާކޮށް އަނަސްގެ މަރަށް ހަތް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މީދޫ އިން ރޭ ވަނީ 15 މިނެޓަށް ކަރަންޓް ކަނޑާލާފަ އެވެ.

މިވަގުތުކޮޅުގެ ތެރޭގައި ވަނީ އަނަސްގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އަޑުއުފުލާފަ އެވެ.

މީދޫގެ ރައްޔިތުން ބުނާ ގޮތުން ޖުލައި 31، 2017 ވަނަ ދުވަހަކީ މީދޫއަށް ހިތާމައިގެ ކަޅު ދުވަހެކެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ 25 ވަނަ ދުވަހު އެެވެ. ދައުލަތުން މިހާރު ވަނީ ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.