ދުނިޔެ

އިޒުރޭލަށް ހަމަލާދޭން އީރާންގެ ލީޑަރު އަލީ ޚާމަނާއީ އަމުރުކުރައްވައިފި

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ފޮޓޯއެއް އީރާންގައި އުސް ބިނާއެއްގައި ދަމަނީ
0%
0%
0%

އިޒުރޭލަށް ހަމަލާދިނުމަށް އީރާންގެ ލީޑަރު އަލީ ޚާމަނާއީ އަސްކަރިއްޔާއަށް އަންގަވައިފި ކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެފި އެވެ.

އިޒުރޭލަށް ހަމަލާދިނުމުގައި ވިސްނަންޖެހޭ ކަންތައް ވިލަރެސްކުރުމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއަށް ޚާމަނާއީ އެންގެވި ކަމަށްވެސް ނިއުޔޯކް ޓައިމްސް އިން ބުނެ އެވެ.

ޚާމަނާއީ އެންގެވި ކަންތައްތަކުގެ ތެރޭގައި އީރާނަށް މަދަދުވެރިވާ ހަނގުރާމަވެރި ގުރޫޕްތައް ގުޅިގެން އިޒުރޭލަށް ހަމަލާދިނުމަކީވެސް އޮތް އިޚްތިޔާރެއް ކަމަށް -- މިކަމުގެ މައުލޫމާތު ހުރި މީހުން ބުނި ކަމަށް ވެސް އެމެރިކާގެ ނޫހުން ވަނީ ބުނެފަ އެވެ.

އީރާނުން ސީދާ އިޒުރޭލަށް ހަމަލާދީފިނަމަ އިޒުރޭލު ދިފާއުކުރަން އެމެރިކާ ނުކުންނާނެކަން ކަށަވަރު ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ. މިފަދަ ހާލަތައްގައި، ހަމަލާތަކައިގެން އީރާން ކުރިއަށް ދާނެ ގޮތެއް -- އިޒުރޭލަށް ހަމަލާދިނުމުގެ ކުރިން ރާވާފައި އޮތުން ބޭނުންތެރި ކަމަށް ޚާމަނާއީ އެންގެވި ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

އިޒުރޭލުގެ ކިބައިން ބަދަލުހިފުމަކީ އީރާންގެ އަބަދުގެ ވައުދެކެވެ. އީރާންގެ ޖެނެރަލުންނާއި ކޮމާންޑަރުން މެރުމުގެ ފަހަތުގައި އަބަދުވެސް އޮންނަނީ އިޒުރޭލެވެ. މި ސަބަބަށްޓަކައި އިޒުރޭލުވެފައި އޮންނަނީ އީރާންގެ އެންމެ ބޮޑު ދުޝްމަނަށެވެ.

އީރާނުން ސީދާ އިޒުރޭލަށް ހަމަލާދިނުމަށް މިގޮވާލީ ލުބްނާންގައި ހަރަކަތްތެރިވާ ހިޒްބުﷲގެ ހަނގުރާމަވެރިންނަށް ހަމަލާދީ އެ ޖަމާއަތުގެ ކޮމާންޑަރެއް ކަމަށްވާ ފުއާދު ޝުކޫރު މަރާލުމާ ގުޅިގެންނެވެ. އަދި އީރާންގެ ދައުވަތަަކަށް ވަޑައިގެން ހުއްޓައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ މަރާލީ އިޒުރޭލު ކަމަށްވާތީ ބަދަލުހިފުމަކީ ވާޖިބެއް ކަމަށް އީރާން ގަބޫލުކުރާތީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345