ފަސް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ބޮލީވުޑްގެ ދެތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ.
ތިން އަހަރުވީ ކައިވެންޏާއި ބެހޭގޮތުން ވާހަކަދައްކަމުން ކަރީނާ ވަނީ އޭނާ ސައިފްއާ ކައިވެނިކުރީ އެންމެ ޝަރުތެއްގެ މަތިން ކަމަށް ބުނެފަ އެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒްވާ ކަރީނާގެ "ކީ އެންޑް ކާ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުން ކަރީނާ ވަނީ އޭނާ ސައިފްއާ ކައިވެނި ކުރީ އެންމެ ޝަރުތެއްގެ މަތިން ކަމަށާއި އެއީ ކައިވެނިކުރުމަށްފަހު ވެސް އޭނާ އަށް އުމުރު ދުވަހު މަސައްކަތް ކޮށްގެން ލާރި ހޯދޭނެ ކަމުގެ ޔަގީންކަން ސައިފް ދިނުމުން ކަމަށެވެ. އަދި އޭނާ ކުރާ ހުރިހާ މަސައްކަތެއްގައި ވެސް ސައިފްގެ އެއްބާރުލުން އޭނާއަށް ލިބޭނެ ކަމަށް ބުނުމުން ކަމަށެވެ.
"މިއަދު އަހަންނަކީ އަންބެއް. އެކަމަކުވެސް އަހަރެން އުމުރު ދުވަހު މަސައްކަތްކޮށްގެން ލާރި ހޯދާނަން. އަދި އަހަރެންގެ ފިރިމީހާ އެކަމަށް އެއްބާރުލުންވެސް ދޭނެ" ކަރީނާ ބުނެފައިވެ އެވެ.
"ކީ އެންޑް ކާ" ގައި ކަރީނާ ފެނިގެންދާނީ ކައިވެންޏަށް ފަހު ވެސް ވާޒީފާ އަދާކޮށްގެން އާއިލާ ބެލެހެއްޓުމަށް ލާރީ ހޯދާ އަންެއްގެ ގޮތުގަ އެވެ. މިފިލްމުގައި ކަރީާގެ ފިރިމީހާގެ ރޯލުން ފެނިގެންދާނީ އަރްޖުން ކަޕޫރެވެ. އަދި އޭނާ މިފިލްމުގައި ފެނިގެންދާނީ ކެރިއަރުގައި ކުރިއަށްދާން ބުރަމަސައްކަތްކުރާ އަންބަކަށް އެހީތެރިވެދޭ ގެވެހި ފިރިއެއްގެ ރޯލުންނެވެ.
އާރް ބަލްކީ ޑައިރެކްޓްކޮށްފައިވާ "ކީ އެންޑް ކާ"ގެ ހާއްސަ ފެނިލުމެއްގައި އަމީތާބް ބައްޗަން އާއި އަންހެނުން ޖާޔާ ވެސް ފެނިގެންދާނެ އެވެ.