ރާއްޖެ ކުޅިވަރު

ބާސެލޯނާގެ ނޯކޭމްޕްގެ ޖާގަ ލައްކައަކަށް

ބާސެލޯނާގެ ރަސްމީ ދަނޑު ކަމަށްވާ ނޯކޭމްޕްގައި ކުޅިބަލަންތިބޭ މީހުންގެ ޖާގަ 105000 އިތުރުކުރުމުގެ މަސައްކަތް ފަށައފި އެވެ.

ބާސެލޯނާގެ ދަނޑަށް މިހާރު ވަދެވެނީ 99000 މީހުންނަށެވެ. އަނގަމަތި ހާސާކޮށް އޮންނަ މި ދަނޑުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާނީ އަންނަ ސީޒަން ނިމުމުންނެވެ.

465 މިލިއަން ޕައުންޑް ހޭދަކޮށްގެން ސްޓޭޑިއަމް އަޕްގޭރްޑްކޮށް ނިމޭއިރު މަތި ހުންނާނީ ފުރާޅުލައި ސަޕޯޓަރުން ތިބޭ ބައި ހިޔާކޮށްދީފަ އެވެ. މި މަސައްކަތް ކޮށްދޭނީ ޖަޕާނުގެ ކުންފުންޏަކުންނެވެ.

ބާސެލޯނާއިން ބުނީ އާ ސްޓޭޑިއަމް ހުޅުވާނީ 2021 ވަނަ އަހަރު އަހަރު ކަމަށެވެ. އަދި އެ އަހަރާ ހަމައަށް ލަޔޮނަލް މެސީ ޓީމުގައި ބެހެއްޓުމަށް އޭނާގެ ކޮންޓްރެކްޓް 2022 ވަނަ އަހަރާ ހަމައަށް އިތުރުކުރަން ވެސް ކުލަބުން ވަނީ ނިންމައިފަ އެވެ.