މަސްތުވާތަކެތި

މަސްތުވާތަކެއްޗާ އެކު އެއާޕޯޓުން އަންހެނަކު ހައްޔަރުކޮށްފި

އެއާޕޯޓަށް ފުރަން ގޮސް ހުރި އަންހެނަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ހައްޔަރުކުރީ 30 އަހަރުގެ ދިވެހި އަންހެނެކެވެ.

އަންހެން މީހާ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ ދެ ރަބަރު ޕެކެޓް ފުލުހުންނަށް ފެނިފައިވެ އެވެ.

އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި 209 ގްރާމު ހުރި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް ދީފައިވެ އެވެ.

މިމައްސަލަ ފުލުހުންގެ ޑްރަގު އެންފޯސްޓްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.