ވިޔަފާރި

ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތް ފަށައިފި

Mar 10, 2016
  • ހިދުމަތް ހޯދަން 200ރ. ގެ ފީއެއް
  • ފުރަތަމަ ޖެހެނީ ޕޯޓް ޖަހާފަ މެސެޖެއް ކުރަން

މޮބައިލް ފޯނު ނަމްބަރު ބަދަލުނުކޮށް، ނެޓްވޯކް ބަދަލު ކުރެވޭ "ނަމްބަރު ޕޯޓެބިލިޓީ" ގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

ތިން މިލިއަން ޑޮލަރު ހަރަދުކޮށްގެން ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތަކީ ދުނިޔޭގެ މަދު ގައުމެއްގައި ދެމުން ގެންދާ ހިދުމަތެކެވެ. މި ހިދުމަތްދެނީ ސާކް ސަރަހައްދުން އިންޑިޔާ އާއި ޕާކިސްތާނުގައި އެކަންޏެވެ.

ހިދުމަތް ހޯދަން ހަދަން ޖެހޭ ގޮތް

  • ޔުނީކް ޕޯޓިން ކޯޑެއް ހޯދުމަށް "ޕޯޓް" ޖަހާފައި 234 އަށް މެސެޖު ކުރުން
  • އަލަށް ބަދަލުކުރާ ކުންފުނީގެ އެޕްލިކޭޝަން ފޯމް ފުރުން
  • ފޯމް ފުރާއިރު ޕޯޓް ކޯޑު ބޭނުންވާނެ
  • ޕޯސްޓް ޕެއިޑް ކަސްޓަމަރުން އެންމެ ފަހުގެ ބިލް ބޭނުންވާނެ
  • ސެޓަޕް ފީއެއްގެ ގޮތުގައި 200ރ. ނަގާނެ
  • އަލަށް ހިދުމަތް ހޯދާ ކުންފުނިން ސިމް ކާޑެއް ލިބޭނެ
  • ފޯމު ލުމުން އަލަށް ހިދުމަތް ހޯދާ ކުންފުނިން މެސެޖުކުރާނެ
  • ނަމްބަރު ބަދަލުވާނީ ހިދުމަތް އެދޭ ދުވަހުގެ ރޭ ދަންވަރު 12:00-2:00 އާ ދެމެދުގައި
  • ހިދުމަތް އެންމެ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ނަމްބަރު ބަދަލު ކުރެވޭނެ

ހިދުމަތް ހޯދުމުގެ ޝަތުރުތައް

  • ޕޯސްޓްޕެއިޑް، ކޯޕަރޭޓް ކަސްޓަމަރުންވެސް ނުދައްކާހުރި ބިލްތައް ދެއްކުން
  • ޕްރިޕެއިޑް ކަސްޓަމަރުން ނަގާފައިވާ ކްރެޑިޓް ހިދުމަތް ހަލާސްކުރުން
  • ނަމްބަރަކީ އެކްޓިވް ނަމްބަރަށް ވާން ޖެހޭ
  • ނަމްބަރު ބޭނުންކުރާތާ 90 ދުވަސް ވެފައިވާ ނަމްބަރަށް ވާންޖެހޭ