އައްޑޫ ސިޓީ

ހަންކެޑެ ބްރިޖު ނިންމައިފި، އެކަމަކު އަދި ހުޅުވައެއް ނުލާ

އައްޑޭ ސިޓީގެ ޑީޓުއާ ނުވަތަ ހަންކެޑެ ބްރިޖުގެ މަސައްކަތް ނިމިއްޖެ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "އަވަސް"އަށް މައުލޫމާތު ދެއްވި ގޮތުގައި މިހާރު މަސައްކަތް ވަނީ ގާތްގަނޑަކަށް އެއްކޮށް ނިމިފަ އެވެ. އަދި ބާކީ ހުރީ ރެއިލިން އެޅުމުގެ މަސައްކަތެވެ.

މޭޔަރު ވިދާޅުވީ އަންނަ މަހުގެ މެދު ތެރޭގައި ބްރިޖު އާންމުންނަށް ހުޅުވާލާނެ ކަަމަށެވެ.

ބްރިޖުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރެވެ. އެއީ ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުގެ ތެރެއިންނެވެ.

ހަންކެޑެ ބްރިޖަކީ އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ހަދާފައިވާ ބްރިޖެކެވެ. މިއީ 2021 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ފެށި މަޝްރޫއެކެވެ.